- Advertisement -ad image

ބްރޯޑްކޮމް އާއި އެޗްއާރުސީއެމް އަދި ސަފީރުކަމަށް އައްޔަނުކުރަން ކުރީ ސަރުކާރުން ފޮނުވި ނަންތައް އަނބުރާ ގެންގޮސްފި

ad image

ގުޅުންހުރި ލިޔުންތައް


މިނިވަން މުއައްސަސާތަކާއި ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ކުރީގެ ރައީސް ސާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އައްޔަން ކުރަން ފޮނުވި ނަންތައް އަނބުރާ ގެންދަވާފައިވާ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާފައިވާ ނަންތަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވަނީ ފެބްރުއަރީ 2023ގައެވެ.
މީގެއިތުރުން ރައީސް ސާލިހުގެ ރިޔާސީ ދައުރު ހަމަވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް މަޖިލީހަށް ފޮނުވި ހަތަރު ސަފީރެއްގެ ނަންތައް ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މީގެތެރޭގައި ހިމެނެނީ:
ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އަށް ކަނޑައެޅި ހުދާ އަލީ ޝަރީފް
ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި މިދްފާ ނައީމް
ބަންގްލާދޭޝް އަށް ކަނޑައެޅި ޝިއުނީން ރަޝީދު
ޕާކިސްތާނަށް ކަނޑައެޅި ސެލީނާ ހަދީޖާ ނަޖީހާ

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. […] މިނިވަން މުއައްސަސާތަކާއި ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ކުރީގެ ރައީސް ސާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ނަންތައް މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ… އިތުރަށް ވިދާޅުވޭ […]

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ