އައްޑޫސިޓީގައި ރޭ ހިނގި މާރާމާރީތަކާއި ގުޅިގެން ހާއްސަ ޓީމްތަކެއް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މިމަހުގެ 29 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހިނގާދިޔަ މާރާމާރީއާއި ރޭ އައްޑޫގައި ހިނގާދިޔަ މާރާމާރިއާއި ގުޅިގެން މާލެއާއި އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބަލެހެއްޓުމުގެ ގޮތުން ޙާއްސަ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
އެގޮތުން އައްޑޫސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމްތަކެއް އައްޑޫސިޓިއަށް ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މާރާމާރީތަކާއި ގުޅުންހުރި ފަރާތްތައް ހޯދައި، ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫގައި ރޭ ދެ ހިނގިމާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.



