- Advertisement -ad image

އައްޑޫ މާރާމާރީ: 4 މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި ހިނގި ގްރޫޕު މާރާމާރިއާއި ގުޅިގެން، 4 މީހަކު ހައްޔަރުކޮށްފިއެވެ..

ފުލުހުން ވަނީ މިމާރާމާރީއާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. މިމައްސަލާގައި މިހާރު 4 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 18އ، 19އ، 20އ، އަދި 23 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުންގެ ހާމަކުރެއެވެ..

އައްޑޫ ސިޓީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި ހިނގި މާރާމާރީއެއްގައި ޒަޚަމްކޮށްލި މީހެއްގެ ހާލު ސީރިއަސްވެސް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައި ގެންދަނީ ފަރުވާދެމުންނެވެ. ފުލުހުން ބުނީ ނޮވެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއް މާލޭގައި ހިނގާދިޔަ މާރާމާރިއާއި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރިއާ ގުޅިގެން މާލެއާއި އައްޑޫސިޓީގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މާލެއިން އިތުރު ޓީމުތަކެއް އައްޑޫ ސިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ