- Advertisement -ad image

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله އިސްތިއުފާ ދެއްވައިފިއެވެ.

އީވާ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިތުރުބާރު ނެތްކަމަށް ހުށައަޅައިފައިވަނިކޮށެވެ. މިއަދުގެ ޖަލްސާ ފެށިގެން އީވާއަށްވަނީ ޖަވާބުދާރީވުމަށްވެސް ފުރުސަތު އަރުވާފައެވެ. އޭނާ އިސްތިއުފާދެއްވީ ޖަވާބުދާރީވެވަޑައިގަތުމުގެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވުމަށްފަހުއެވެ.
ޖަވާބުދާރިވުމަށް ލިބުނު ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޮޑެތި ކަންތައްތައް ހިނގާ ކަމަށާއި ނަމަވެސް އޭނާ އަކީ ސިޔާސީ މަސައްކަތުގައި ޒާތީވާ މީހެއް ނޫން ކަމަށެވެ. ދިފާއުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، މިދިޔަ ސަރުކާރަށް ވެރިކަން ގެއްލުނީ ބަޔަކު މީހުން ދެއްކި ވާހަކައަކުން ނޫން ކަމަށާއި ސަރުކާރަށް ވެރިކަން ގެއްލިގެން ދިޔައީ ސަރުކާރަށް ކަންތައް ކުރެވެނު ގޮތުން ކަމަށެވެ.

އީވާ ވިދާޅުވީ، އޭނާއަކީ ސިޔާސީ މަސައްކަތުގައި ޒާތީވާ މީހެއް ނޫން ކަމަށާއި އެކަން ހުދު މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން އީވާ ވަނީ އޭނާ މަޖިލީހުގެ ރައީސް، އަސްލަމް އާއި އޮންނަ ގުޅުމުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ