- Advertisement -ad image

މަޖިލީހުގެ ނައިބު ރައީސް އިންތިހާބުކުރާ ޖަލްސާ މިރޭ ބާއްވަން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ހުސްވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ޖަލްސާ މިރޭ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމު ވިދާޅުވީ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މިރޭ އަށެއް ޖަހާއިރު އޮންނާނެ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވަނީ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ ނައިބު ރައީސް ކަމުން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ގަރާރު ތާވަލުކޮށް މިއަދު ޖަލްސާ ކުރިއަށް ދަނިކޮށެވެ. އީވާ އިސްތިއުފާ ދެއްވީ ޖަވާބުދާރިވުމަށް އޭނާއަށް ލިބިވަޑައިގެންނެވި 30 މިނެޓްގައި ވާހަކަފުޅު ދެއްކެވުމަށްފަހުއެވެ.

އީވާ އިސްތިއުފާ ދެއްވުމާއި ގުޅިގެން އަސްލަމު ވިދާޅުވީ އިސްތިއުފާ ދިނުމުގެ ހާލަތުގައި އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް ދެވަނަ ފަހަރަށް ހުށަހަޅައިފާވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ