ކޮންމެ ދިވެހި ދަރިއެއް މިޤައުމަށް މުހިންމުކަމަށާއި، އެކަކު އަނެކަކަށް އޯގާތެރިވެ އަޅާލުމުގައި ނަމޫނާ މުޖުތަމަޢަކަށް ދިވެހިރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ގޮވާލެއްވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައެވެ.
އައު ސަރުކާރުގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުހިންމު ސިޔާސަތުތައް ކަނޑައެޅުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގައި ވަނީ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާދިނުމުގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރަން ފެއްޓެވުމަށް ހިމަނުއްވާފައެވެ. އަދި އެމީހުންގެ ކަންކަން ގާތުން ބަލާ، އެހިތެރިކަން ދެވޭނެ ރަނގަޅު ނިޒާމެއް ޤާއިމުކުރެއްވުންވެސް ހިމެނެއެވެ.
![](https://i0.wp.com/hiraas.com.mv/wp-content/uploads/2023/12/GAcMMOlaIAAH384.jpg?resize=682%2C1024&ssl=1)
2022ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ %6.9 މީހުންނަކީ، ކޮންމެވެސް ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ނުވަތަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނެވެ. އަދަދުން ބަލާއިރު އެއީ 24401 މީހުންނެވެ.