ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.
މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛
މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް- ޢަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް- މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް، ހ. މެލްބަން
މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް- ޙަސަން މިރާސް، މއ. މާފުނަ
މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް- އާމިނަތު މުނާ، ލަކީސްޓާރ، ދ. ބަނޑިދޫ
މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް- އަޙްމަދު މާއިސް – ވެލާނާގެ، ނ. ވެލިދޫ
މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް- އިބްރާހީމް ޢަލީމް – ރޯޅި، ގއ. ކޮލަމާފުށި
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނައިބުގެ މަގާމަށް- ފާޠިމަތު ޒުހުރާ، ވ. ފައުނު
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް – އަލްއުސްތާޛު ޢަބްދުﷲ މަޙްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި
ރައީސުލްޖުމުހޫރިއްޔާ ޑރ މުއިއްޒުގެ ސަރުކާރުގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.



