- Advertisement -ad image

ހިޔާ ޓަވަރެއްގައި ރޭ، ތޫނު އެއްޗަކުން ހަމަލާދިނީ އާއިލީ މައްސަލައެއްގައި: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލައިފާ ވަނީ އާއިލާތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފިއެވެ. ރޭގެ ވަގުތެއްގައި މި ހާދިސާ ހިންގާފައިވަނީ ހުޅުމާލެ ހިޔާ ޓަވަރު އެޗް6ގެ އެޕަރޓްމަންޓެއްގައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި މައްސަލާގައި 19 އަހަރުގެ ދިވެހި ފިރެހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި 22 އަހަރުގެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ކަމަށާއި އޭނާ އަށް ހަމަލާދީފައިވަނީ އާއިލާތެރޭގައި ޖެހުނު މައްސަލައެއްގައި ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މާލެ ސަރަޙައްދުގައި މިދިޔަ ހަފްތާގައި ހިނގައިދިޔަ، އެކިއެކި މާރާމާރީތަކަކާއި ގުޅިގެން، މި ސަރަޙައްދުގައި ވަނީ ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތައްވެސް ވަރުގަދަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ