- Advertisement -ad image

ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

ނ. މިލަދޫ މުއްރަތު އަލީ ހަބަރެއް ނުވެގެން ހޯދަން ފަސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނީ ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ (30އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޑިސެމްބަރު 6 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މުއްރަތު އަލީ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ ޑިސެމްބަރު 3 ވަނަ ދުވަހު 17:00 އެހައިކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށާއި އޭރު ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ވަނީ ފުލުހުންނަށް މައުލޫމާތުދީފައެވެ.

މުއްރަތު އަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9833000 އަށް ގުޅައި ހިއްސާކުރުމަށްވެސް ފުލުހުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ