- Advertisement -ad image

ސަރުކާރުން އެންމެ އިސްކަމެއްދޭނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް: ސައީދު

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި އެކަން ކުރާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއެކުގައިކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ފިޔާ ބޭރުކުރުމުގެ ސިޔާސަތަށްގެނައި ބަދަލާއެކު ވަގުތީ ގޮތުން ފިޔާ އެކްސްޕޯޓުކުރުން ހުއްޓާލުމަށް ނިންމުމާއި ގުޅިގެންނެވެ. އިންޑިއާއިން މިނިންމުން ނިންމާފައިވަނީ އެޤައުމުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދަށުގޭގެ އިންތިޚާބާއި ދިމާކޮށް އިންޑިއާގައި ތަކެތީގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށްކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަޑުޖައްސާލަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗްމަހާއި ހަމައަށްކަމަށްވެސް އެޤައުމުގެ މީޑިއާއިންވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމަކީ އިންޑިއާއެވެ. އިންޑިއާގެ މިނިންމުމާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ ދަތިކަން ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން ބައެއް ވިޔަފާރިވެރިން ފާޅުކުރެއެވެ. މިކަމާއި ގުޅިގެން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އަދި ވަކިވަކި ޤައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާކަމެއްކަމަށާއި އެކަން އެގޮތުގައި ހިނގިނަމަވެސް ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން އަބަދުވެސް ރާއްޖެއަށް އިސްކަންދޭނެކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ