- Advertisement -ad image

މައްސަލަ ހައްލުކޮށް އައްޑޫސިޓީއަށް ފެން ދޫކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ފެނަކައިން ހިންގާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ޚިދުމަތް މެދުކެނޑުނީ ފެން ޕަމްޕަށް ކަރަންޓު ދިނުމުގައި ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން މިރޭ ނެރުުނު ބަޔާނެއްގައި ބުނީ ފެން ފޯރުކޮށްދިނުމުގައި ދިމާވި މައްސަލަ މިހާރު ހައްލުކޮށް، ފެން ޕްލާންޓް ހިންގަން ފަށާފައިވާކަމަށެވެ.

ފެނަކައިން ބުނީ މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ތާވަލުކުރެވިގެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަން ދެވިފައި ނުވުން ހިމެނެއެވެ. އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިޒާމު އިންސްޕެކްޓްކޮށް، ހައްލުކުރަންޖެހޭ ކަންކަން ހައްލުކުރުމަށް އަންގަވައި ފޮނުއްވާފައިވާ ރިޕޯޓަށް އަމަލުކުރެވިފައި ނުވުމަކީވެސް މި މައްސަލަ ދިމާވާން މެދުވެރިވި ސަބަބެއްކަމަށެވެ.

މީގެއިތުރުން ފެން ޕްލާންޓަށް މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެނުގެ ހިދުމަތް މެދުކެނޑިފައިވަނީ އެކަށީގެންވާ ފެނުގެ ސްޓޯރޭޖެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުންކަންވެސް ފެނަކައިން ފާހަގަކުރެއެވެ. އެހެންކަމުން ފެން ޕްލާންޓަށް މައްސަލައެއް ދިމާވާ ހާލަތުގައިވެސް ފެނުގެ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އައްޑޫ ސިޓީގައި ފެނުގެ ސްޓޯރޭޖް އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން ފަށާފައިވާކަމުގައިވެސް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ކުންފުނީގެ މެނޭޖްމަންޓުން އެންމެ ބޮޑު އިސްކަމެއް ދެނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުމަށްކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމުގައި އެމްޑަބްލިޔުއެސްސީން ފޯރުކޮށްދިން ޓެކްނިކަލް އެހީތެރިކަމާއި، ބޭނުންވާ ސާމާނު ގެންގޮސްދިނުމުގައި މޯލްޑިވިއަންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ފެނަކައިން ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ފެނުގެ ހިދުމަތް ގިނަ ވަގުތުތަކަށް މެދުކެނޑުނު މައްސަލައިގައި، އެކަމުގެ ތަކުލީފު އުފުލަން ޖެހުނު ރައްޔިތުންގެ އަރިހުން ފެނަކައިން ވަނީ މައާފަށްވެސް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ