- Advertisement -ad image

މަޖިލީހުގެ ތަޅުމުގައި ރުހުންދޭނީ ކޮންމެ ވަޒީރަކަށް ވަކިވަކިން ކަމަށް ކޮމިޓީން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ކޮންމެ ވަޒީރަކަށް ރުހުން ދިނުމަށް ވަކި ވަކިން ތަޅުމުގައި ވޯޓަށް އަހަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ. ކެބިނެޓަށް އައްޔަންކުރި 22 ވަޒީރުންނަށް ރުހުން ދިނުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މުހައްމަދު ފަލާހް ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކުން ހޯދި މައުލޫމާތުތަކުން ކެބިނެޓަށް އައްޔަނުކުރައްވާފައިވާ ހުރިހާ ބޭފުޅުން ވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާ ކަމަށެވެ.

އެހެންވެ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހެޅުއްވީ މިހާރު ކެބިނެޓް އެކުލަވާލާފައިވާ 22 ވަޒީރުންގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވަތީ 22 ވަޒީރުންނަށް އެއްފަހަރާ ރުހުން ދިނުމަށެވެ. އެކަމަކު އެގޮތަށް ފާހެއްނުވި އެވެ. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ 22 ބޭފުޅުންގެ ޝަރުތު ހަމަވާކަމަށް ކޮމިޓީން ކަނޑައަޅައި، މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުން ކޮންމެ ބޭފުޅަކަށް ވަކި ވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ޝިފާއުގެ ހުށަހެޅުން ވަނީ ފާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ