- Advertisement -ad image

ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް

ad image

ގުޅުންހުރި ލިޔުންތައް

ސަފީރުންގެ ގޮތުގައި ކަނޑައެޅުއްވުމަށް، ތިން ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން މަޖިލީހަށް ފޮނުވައިފިއެވެ. އެގޮތުން ޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، ބޭރު ގައުމަށް ތިން ސަފީރަކު ކަނޑައަޅުއްވަން ރުހުން ހޯއްދަވަން ސިޓީ ވަނީ ފޮނުއްވާފައެވެ.

އެގޮތުން، އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޑރ. އިރުތިޝާމް، އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރަކަށް، ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު، މުހައްމަދު ހުސައިން ޝަރީފް (މުންދު)، އަދި އެކުވެރި ދަޢުލަތް ތަކުގެ ޖަމިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުހައްމަދަށް ރުހުން ހޯދުމަށް ވަނީ ފޮނުއްވާފައެވެ. 

އެ ތިން ބޭފުޅުންނަށްވެސް ރުހުން ދިނުމާއި މެދު މަޝްވަރާ ކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. 

އެކުވެރި ޢަރަބި ޢިމާރާތަށް މުންދު ހަމަޖައްސާފައި ވާއިރު، ކުރީ ސަރުކާރުން ނިމެން ވެފައި ވަނިކޮށް އެ ގައުމަށް ކަނޑައަޅާ ސަފީރަަކަށް މިދްފާ ނައީމްގެ ނަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވާފައި ވެއެވެ. ނަމަވެސް، ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ މިދުފާގެ ނަން އަނބުރާ ގެންދަވާފައެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ