- Advertisement -ad image

މަޖިލީހުގެ ވިލިމާލެ ދާއިރާއަށް މުހައްމަދު އިސްމާއިލް ވާދަކުރައްވަނީ

ad image

ގުޅުންހުރި ލިޔުންތައް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޙޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު އިސްމާއިލް ވާދަކުރައްވަން ނިންމަވައިފިއެވެ.

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ އެކްޓިވިސްޓެއް ކަމުގައިވާ މުހައްމަދު އިސްމާއިލް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކ ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި އެ ދާއިރާގެ ރައްޔިތުންގެ ތާޢީދަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

” 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެސިޓީ ވިލިމާލެ ދާއިރާއަށް ވާދަ ކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އަޅުގަނޑަށް ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާއެކު އެދެމެވެ ” މުހައްމަދު އިސްމާއިލް ޓުވިޓަރގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އޭނާ އަކީ މީގެކުރިން މަޖިލީހުގެ ހޯރަފުށީ ދާއިރާ ތަމްސީލުކޮށް އެދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މިމަހު 23 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެ ކޯލިޝަނުން ދަނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށްޓަކައި މަސައްކަތްކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ