- Advertisement -ad image

ނެރުމައްޗަށް އުރުނު ބޯޓަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލެއިން ލ.ދަނބިދޫއަށް ދަތުރުކުރަމުންދިޔަ “ބަސްމަލާ” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ލ.ދަނބިދޫ ކައިރީ އޮންނަ “ބިންމާދަނޑު” ނެރުމައްޗަށް އުރިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްޑީއެފުން ބުނީ ޖުމުލަ 9 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި މުދާ އުފުލާ ބޯޓު، ނެރުމައްޗަށް އުނުރު ކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 06:13 އެހާކަންހާއިރު ލިބުމާއެކު، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ސަރަހައްދަށް ގޮސްފައި ކަމަށެވެ. އަދި އެ ބޯޓު ދިޔަވަމުން ދާތި ޕަންޕު ޖައްސައިގެން ފެން ހިއްކުމާއި ބޮޓުގެ އިންޖީނު ރޫމާ ދިމާ އަޑިން 5 ފޫޓަށް ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމަށް ކޯސްޓްގާޑް ޑައިވަރުން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

އެމްއެންޑިއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ދޯނި ފުންކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ކަމަށާއި މި ހާދިސާގައި ބޮޓުގެ އެއްވެސް ފަޅުވެރިއަކަށް އަނިޔާ ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ