- Advertisement -ad image

  5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފި

ad image

ގުޅުންހުރި ލިޔުންތައް

ދެ ހަފްތާ ތެރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ކުރެއްވި ޓުވީޓެއްގައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގެވި އޮޕަރޭޝަނެއްގައިކަމަށެވެ.



އެގޮތުން މި އޮޕަރޭޝަންގައި ފާއިތުވި 2 ހަފްތާ ތެރޭ 5.5 މިލިއަން ރުފިޔާގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދިޔަ 53 ބިދޭސީ މަސައްކަތްތެރިން ހިފަހައްޓާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި އޮޕަރޭޝަނަކީ، ފުލުހުންނާއި، ކަސްޓަމްސްއާއި، އިމިގްރޭޝަންގެ އިތުރުން ކަރެކްޝަންގެ އެހީތެރިކަމާއިއެކު ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްޞީލެއް ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ