- Advertisement -ad image

ވަޒީރުންނަށް ރުހުންދިނުން އެޖެންޑާއިން އުނިކޮށް، އަނބުރާ ކޮމިޓީއަށް

ad image

ގުޅުންހުރި ލިޔުންތައް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު، އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

މިމައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އަނބުރާ ފޮނުވާލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަޅާފައި ނުވާތީ، އެ މަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން މަޖިލީހުގައި ނިޒާމީ ނުކުތާގެ އޮއިވަރެއް ވަނީ އުފެދިފައެވެ. އެގޮތުން ނިޒާމީ ނުކުތާއެއް ނަންގަވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ މަޖިލީހުގެ ޖަލްސާއަށް ކޮމިޓީއެއްގެ ރިޕޯޓް އެޖެންޑާ ކުރުމަށްފަހު މަޖިލީހުގެ ރައީސް ބޭނުންފުޅުވީމާ މެންބަރުންގެ ބަހެއް ނެތި މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާނުލެވޭނެ ކަމަށެވެ.

މިކަމާގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެޖެންޑާ ކުރުމަށްފަހު ކޮމިޓީއަށް އަނބުރާ ރިޕޯޓް ފޮނުވާލަން ނިންމީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މިއަދަކީ މަޖިލީހުގެ މިދައުރުގެ ޖަލްސާ ބާއްވާ ފަހު ދުވަސް ކަމަށްވުމުން މިދައުރު އިތުރަށް ދަންމާލުމަށް މިއަދު 13:30ގައި ވޯޓަށް އަހާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ