- Advertisement -ad image

މަޖިލީޙުގެ މިއަހަރުގެ ފަހު ދައުރު ނިމޭނީ މިމަހުގެ 28ގައި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުން މަޖިލީހުގެ މި ހިނގާ މިއަހަރުގެ ފަހު ދައުރު މިހިނގާ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކޮށްފިއެވެ.

ދައުރު ދަންމާލަން މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި 69 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ތާއީދާއެކުއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ މި ދައުރު އިތުރުކުރަން ނިންމެވީ މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ހުރުމުންކަމަށެވެ. މަޖިލީހުގައި މިހާރު ހުރި މަސައްކަތްތަކުގެ ތެރޭގައި އެންމެ މުހިއްމު ކަމަކަށް އޮތީ ރައިސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މަސައްކަތެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ދިގު ދަންމާލަން މި ޖެހުނީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރަޢީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުނު ހިސާބުން މަޖިލިސް ތަޅުއެޅުވި އެއްވެސް މަސައްކަތެއް ކުރިޔަށް ނުގޮސް އެތައް ދުވަހެއް ވަންދެން އޮތުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ