- Advertisement -ad image

ގާނޫނުގައި ބުނާ އަދަދަށްވުރެ އިތުރަށް ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ނެތް: އިހުސާން

ad image

ގުޅުންހުރި ލިޔުންތައް

ގާނުނުގައި ބުނާ އަދަދަށްވުރެ އިތުރަށް ރާއްޖޭގައި ބަންގްލަދޭޝްގެ މަސައްކަތްތެރިން ނެތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ނެރުއްވި އިޢުލާނެއްގައި ވަނީ، ރާއްޖެއަށް އަލުން ބަންގްލަދޭޝްގެ، އަންސްކިލްޑް ލޭބަރުން ގެނައުމުގެ ހުއްދަ ދޭން ނިންމާފައެވެ. އަދި އެހެން ގައުމުތަކުން ރާއްޖެއަށް ބިދޭސީން ގެނައުން މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ.

2020ވަނަ އަހަރު ސެޕްޓެމްބަރު މަހު ގާނުނަށް ގެނެސްފައިވާ އިސްލާހުގައި ވާގޮތުން، ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރުމަށް އެއް ގައުމަކުން އެންމެ ގިނަވަގެން އެތެރެވެވޭނީ 1 ލައްކަ މީހުންނެވެ. އެ ޢަދަދު ހަމަވެފައިވާތީ، ބަންގްލަދޭޝްގެ ރައްޔިތުން ވަޒީފާގެ ބޭނުމުގައި ރާއްޖެ އެތެރެވުން އޭރު އޮތީ މަނާކޮށްފައެވެ.

މިކަމާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޭން ނިންމީ، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ތިބި ޢަދަދުތައް ރަނގަޅަށް ބެލުމަށްފަހުކަމަށެވެ.

ވަޒީރު އިޙުސާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ، 90624 މަސައްކަތްތެރިންކަމަށެވެ. މި މަޢުލޫމާތު އެއްކޮށްފައިވަނީ އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ނިޒާމުގެ ތެރެއިންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކަމާގުޅުންހުރި އިދާރާތަކުން ނެރޭ އެކިއެކި ތަފާސްހިސާބުތަކާއި މަޢުލޫމާތުގައި ހިމަނާފައިހުންނަނީ، މަސައްކަތްތެރިންގެ ގޮތުގައި ރެޖިސްޓަރކޮށް ރާއްޖެއަށް އެތެރެވާ މީހުންގެ ޢަދަދުތައްކަމަށެވެ. ރާއްޖެއަށް އުސޫލުގެ ތެރެއިން މީހުން އެތެރެކުރިނަމަވެސް، ވަރަށް ގިނަ މީހުންނަކީ ގަވައިދުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރާ މީހުންކަމަށާ، އަދި ބިދޭސީން ރާއްޖެ ދޫކޮށް ދިއުމުންވެސް އެމީހުން ރާއްޖެ ގެންނަ މީހުން، އެ މަޢުލޫމާތު ރެޖިސްޓަރ ކުރަން ހުށަނާޅާކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ