- Advertisement -ad image

މަންމައަށް ހަމަލާދިން ފިރިހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ރޭ މަންމައަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގައި ރޭއިރާކޮޅު 25 އަހަރުގެ ފިރިހެނަކު އޭނާގެ މަންމައަށް ތޫނު އެއްޗަކުން ޙަމަލާދިނުމާއި ގުޅިގެން ފުލުހުން އަންނަނީ އެމައްސަލަ ތަޙުގީގުކުރަމުންނެވެ. މިމައްސަލައައާއި ގުޅޭގޮތުން ފުލުހުން ބުނީ، މިމައްސަލައިގައި ހަމަލާ ދިން ޢުމުރުން 25 އަހަރުގެ މީހާއަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަންމައަށް ތޫނު އެއްޗަކުން ހަމަލާދިން މީހާއަކީ ނަފްސާނީ ބަލީގެ މީހެއް ކަމަށެވެ.

މިޙާދިސާގައި ޒަޚަމްވެފައިވަނީ 51 އަހަރުގެ އަންހެނެއް ކަމަށާއި، އަންހެން މީހާގެ ހާލު ސީރިއަސްކަމަށެވެ. އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުންގެ ބުނީ ހުޅުމާލޭ ފޭސް 1ގެ ފްލެޓެއްގައި، ހިނގި މިމައްސަލަ ރިޕޯޓްކޮށްފައިވަނީ، ރޭ 18:50 ހާއިރުކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ