- Advertisement -ad image

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ކާރެއް ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ ބުނީ ކާމިލްދީދީ ސްކޫލް ކައިރީ ދެ ކާރު ޖެހި އެކްސިޑެންޓުވުމުން އެތަނުން އެއް ކާރު މަޑުނުކޮށް ގޮސްފައިވާ ކަމަށް ރޭ 2:40 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި އެއް ކާރުގައި ތިބި 4 މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވި މީހާ އަތުގައި ލައިސެންސް އޮވެއެވެ. އަދި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުވުމުން މަޑުނުކޮށް ގޮސްފައިވާ ކާރު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުޤީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ