- Advertisement -ad image

ނައީޝް ހޯދުމަށް ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ބަލައިފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް ހޮނިހިރު ދުވަހު ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ސ.ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި ސ.މަރަދޫ ކުރެދުމާގޭ މުޙައްމަދު ނައީޝް ގެއްލިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ މީހާ ހޯދުމަށް ހަރަކާތްތެރިވާން ފެށީ މިމަހުގެ 22 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.

އެމްއެންޑީއެފުން ބުނީ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް މިއަދު ވަނީ ބަލާފައި ކަމަށެވެ.

މިމީހާ އާއި ބެހޭ އެއްވެސް ހަބަރެއްވޭތޯ އެސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބު ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ