Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އަޙްމަދު ޟަމީރު – މައްޗަންގޮޅި މެދު ދާއިރާ ތަމްސީލު ކުރުމަށް އެންމެ ޤާބިލް ފަރާތް!

ad image

ގުޅުންހުރި ލިޔުންތައް

‎​އަޙްމަދު ޟަމީރު ފާހަ ގަކުރެ ވަފައި ވަނީ ވަކި ދާއިރާއަކަށް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ‎ޚިދުމަތްކުރައްވާ، ޤާބިލް، ހިންގުންތެރި، ހިތްހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. ޟަމީރު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުން ކަމުގައި ނުވިޔަސް، އެ ދާއިރާއެއްގެރައްޔިތުން ހުށައަޅާ މައްސަލަތައް ޙައްލުކޮށްދިނުމުގައި އެއްވެސް‎ފަސްޖެހިވަޑައިގަތުމެއްނެތި ޟަމީރު ގެންދަވަނީ އަބަދުވެސް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށް ދެއްވަމުންނެވެ.

‎​އަމިއްލަ ތަޖުރިބާގެ އަލީގައި ދަންނަވާނީ، ޟަމީރަކީ މައްޗަންގޮޅި މެދު ދާއިރާ ތަމްސީލުކުރުމަށް ‎އެންމެޤާބިލް ބޭފުޅާކަމުގައެވެ. ރައްޔިތުންގެ ޙައްޤުގައި މަޖިލީހުގައި ކެރިގެން ވަކާލާތު ކުރައްވާނެކަމުގައެވެ. މައްޗަންގޮޅި ދެކުނު ދާއިރާއަށް ޟަމީރު ކުރިމަތިލެއްވިނަމަ ވަރަށް އުފާވީހެވެ. ނަމަވެސް ޔަޤީންވާކަމަކީ ޟަމީރަކީ ރައްޔިތުންގެޚިދުމަތުގައި އަބަދުވެސް ސާބިތުވެ ހުންނަވާނެ، ހިންގުންތެރި ދިވެހި ދަރިއެއްކަމެވެ. އަދި ބަހާއި ‎ޢަމަލު ދިމާވާނެ ތެދުވެރި ބޭފުޅެއްކަމެވެ.

ޟަމީރަކީ މަތީ މަޤާމެއްގައި ހުންނެވިކަމުގައި ވިޔަސް އެންމެ ޢާންމު ރައްޔިތުމީހާއާއި ވެސް ގާތްކަން ‎ބާއްވަވާ، ހިތްހެޔޮ ބޭފުޅެކެވެ. އެކުވެރިކަން ދެމެހެއްޓެވުމުގައި ނަމޫނާ ބޭފުޅެކެވެ. ގުޅާ ކޯލުތަކާއި މެސެޖަށް ޖަވާބު ދެއްވައެވެ. ހައްލުކުރަން ބޭނުންވެގެންގުޅާ ކަންކަން ޙައްލު ކުރެވޭނެ މަގު ދައްކަވައެވެ.

‎​އުފާވާކަމަކީ، ޟަމީރުމެންފަދަ ހިންގުންތެރި ބޭފުޅުން، ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ‎ޢަޒުމް ކަނޑައެޅުއްވީތީއެވެ. މުހިންމީ ޤައުމެވެ. ޤައުމުގެރައްޔިތުންނެވެ. ވީމާ، ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭކޮންމެ ކަމެއްގައި އެއްބާރުލުން ދިނުމަކީ ކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެކެވެ.

‎​ދިވެހިރައްޔިތުންގެ ލޯތްބާއި ތާއީދާއެކު، ރައީސަކު މިޤައުމާ ޙަވާލުވެވަޑައިގަންނަވާހިސާބުން، އެއީ އެންމެން އިޙްތިރާމާއި ޤަދަރުކުރަންޖެހޭ ދިވެހިންގެ ބަލަދުވެރިޔާއެވެ. ޤައުމުގެ ބައްޕައެވެ. ރައީސްގެ ހައިސިއްޔަތުން ޤައުމަށް ޚިދުމަތް ކުރައްވަން ފެށްޓެވުމާއެކު، ކަންކަން ވިޔަނުދިނުމަށް ހުރަސްތައް ކުރިމަތިކުރުވާ ބަޔަކަށް އެއްވެސް ރައްޔިތަކު ނުވަމާތޯއެވެ. ކޮންމެ ބަޔަކުވެސް ކަމެއް އަލަށްފަށާއިރު ވަގުތު ބޭނުންވާނެއެވެ. އެވަގުތު ނުދީ، ފާޑުކިޔުން އަމާޒުކުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެފަދަ ފަރާތްތަކަށް ކެރިގެން ޖަވާބު ދިނުމަށްޓަކައި ‎ރައީސަށް އިޚްލާސްތެރިވެ، ނަތީޖާ ނެރެދޭ ބޭފުޅެއްކަމުގައި ޟަމީރު ވާނެކަމުގެ އިތުބާރު އެބައޮތެވެ.

‎​އުންމީދަކީ ޟަމީރުމެން ފަދަ ތަޖުރިބާކާރު، ޤާބިލް، ޚުލްޤުހެޔޮ ބޭފުޅުންނަށް 2024ގެ މަޖިލީހުން ފުރުޞަތުލިބުމެވެ. ޚާއްސަކޮށް މައްޗަށްގޮޅިއަށް، ޢާންމުކޮށް އެންމެހާ ރައްޔިތުންނަށް ފައިދާކުރަނިވި، މަސައްކަތްތަކެއް ކޮށްދެއްވުމެވެ. އަދި މަޖިލީހުގެ މެމްބަރުންނަކީ އަދަބުއިޙްތިރާމާއެކު މުޢާމަލާތު ކުރައްވާ ބަޔަކަށްވުމެވެ.

‎​މިފަހަރު ޟަމީރަށް ވޯޓުދޭންވީ ކީއްވެތޯ؟ ގުޅޭތީ، އަޑުއައްސަވާތީ، ބައްދަލުވާތީ،ތެދުވެރިވީތީ، އިތުބާރު އޮތީތީ، ޚިދުމަތްތެރި ވީތީ، ރައްޔިތުންގެ ޙާލަތާއި ވިންދު އެނގޭތީ!

ވީމާ، ހެޔޮބަދަލަކަށް މިފަހަރު ޟަމީރަށް ވޯޓުދެއްވާ!                (ޤައުމަށް ހެޔޮއެދޭ ދިވެހި އަންހެން ދަރިއެއްގެ ދުލުން)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ