- Advertisement -ad image

މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަކޮށްފިނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކްރިސްމަސް ފާހަގަކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ކްރިސްމަސް ފާހަގަކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުން މަނާކަމެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކްރިސްމަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، މިފަދަ ހަރަކާތް ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ޚިދުމަތުން  ބުނެއެވެ.



ފުލުހުންވަނީ އައު އަހަރާއި ގުޅިގެން ކްރިސްޓިއަން ދީނުގައި ފާހަގަކުރަމުންދާ ދުވަހެއްކަމަށްވާ ކްރިސްމަސް ފާހަގަކުރުމަށްޓަކައި އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

މީގެކުރިންވެސް މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ހަރަކާތްތައް ހިންގައިގެން ފުލުހުން ފިޔަވަޅު އަޅާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ