އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ހިތަދޫގައި ހުންނަ ފައިވާން ގުދަނެއްގައެވެ.
އެމްއެންޑީއެފުން ބުނީ، އައްޑޫސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި ހާދިސާއާއި ގުޅިގެން ހިތަދޫ ފަޔަ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެއެވެ.
މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއްވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.