- Advertisement -ad image

މިރޭވެސް ރައީސް ދެއްވީ އެއްވެސް މީހެއްގެ ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން!

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ސާލިހުގެ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް އެހެން އެއްވެސް ތަނަކަށް ބަދަލުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިރޭވެސް އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ރަސްމާލެ ހިއްކާ ހުޅުމާލެއިން ގޯތިދީފައިވާ މީހުންގެ ގޯތިތައް އެތަނަށް ބަދަލުކުރާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ، އެމް.ޑީ.ޕީގެ 13 މެމްބަރަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ލިބުނު ގޯތިތައް އެހެންތަނަކަށް ބަދަލުކުރަން އުޅޭކަމަށް އިދިކޮޅުން ދައްކާ ވާހަކަތައް ދޮގުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހަކަށް ލިބިފައިވާ ގޯތި އެހެން ތަނަކަށް ބަދަލުކުރުމަށްޓާ މަޝްވަރާތަކެއްވެސް ކޮށްފައި ނުވާކަމަށާއި، އެފަދަ ނިންމެވުމެއްވެސް ނިންމަވާފައި ނުވާކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގުޅީފަޅާއި ގިރާވަރު ފަޅުން މިހާރު ހިއްކަމުންދާ ބައި އިތުރުކޮށް އެ ބިންތަކުންވެސް ބޯހިޔާވަހިކަމަށް ޚާއްސަކުރައްވާނެކަމަށެވެ.

އެގޮތުން ގިރާވަރު ފަޅުން މިހާރު ހިއްކާ ބަޔަށް 50 ހެކްޓަރު އިތުރުކުރައްވާނެކަމަށާއި، ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަވާނެކަމަށެވެ. އަދި ހުޅުމާލޭގައި މިހާރު ހިއްކަމުންދާ ސަރަޙައްދު އެގޮތުގައި ހިއްކާ ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ