ހދ ކުޅުދުއްފުށީ އެއަރޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނިއްޖެއެވެ. ފުލުހުން ބުނީ ކުޅުދުއްފުށީ އެއަރޕޯޓަށް ފުރަންދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނު ކަމަށް ބުނެ މިއަދު ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ.
އަދި މިމައްސަލަ ފުލުހުންނާއި ސިފައިން ގުޅިގެން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.