- Advertisement -ad image

ލ އަތޮޅުގެ ރަށްތަކުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ލާމު އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ފަށައިފިއެވެ. 

ވިއްސާރައިގައި ލާމު އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ މިހާތަނަށް ލ.ފޮނަދޫގެ 11 ގެއެއްގާ ވަނީ ވެލިބަސްތާ ޖަހާދީފައެވެ.

އަދި ފ.ނިލަންދޫގެ 2 ގެއެއްގައާއި، ލ.ގަމުގެ ގެއެއްގައި ވެލި ބަސްތާ ޖަހާދީފައިވެއެވެ. މި މަސައްކަތުގެ އިތުރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ލ.ފޮނަދޫގެ ހަތަރު ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ