- Advertisement -ad image

ފުލުހުންގެ އިލްތިމާސެއް: މަގުތަކުގައި ބާރަށް ނުދުއްވާ، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރޭ

ad image

ގުޅުންހުރި ލިޔުންތައް


ގަދަ ވަޔާއެކު މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެފައި ވާތީ، މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް މެނުވީ މިވަގުތު ނުކުރެއްވުމަށް އެ ހިދުމަތުން އިލްތިމާސްކުރާ ކަމަށެވެ. އަދި ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރާ ފަރާތްތައް އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން އެދިފައިވެއެވެ. ބްރިޖުމަތީގައި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރަންވެސް އެ ހިދުމަތުން އެދެއެވެ. ރެއިން ފެށިގެން މާލެ އަދި ހުޅުމާލެއަށް ކުރަމުންދާ ވިއްސާރައިގަ މާލޭގެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 21:30 ހާ ހަމައަށް ޅ އަތޮޅުން ފެށިގެން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މާލޭގެ ފެންބޮޑުވެފައިވާ ހިސާބުތަކުގައި ފެން ހިއްކުމަށް މިހާރުވެސް ދަނީ ސިފައިން ހަރަކާތްތެރިވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ