- Advertisement -ad image

ދަތުރުކުރަނިކޮށް ފަޅައިގެންދިޔަ ލޯންޗެއްގައި ތިބި 16 މީހުން ސަލާމަތްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި “އެމްއާރުސްޕީޑް” ނަމަކަށް ކިޔާ ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފުން އެހީވެއްޖެއެވެ.
އެގޮތުން ތ ބުރުނީގެ 4 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް “ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓް މިއަދު ހަވީރު ލިބުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ހާބަރ ކްރާފްޓް ވަނީ ދ. ކުޑަހުވަދޫއިން އެސަރަހައްދަށް ދަތުރުކޮށް ޕަންޕް ޖައްސައިގެން ދިޔަގަނޑު ކޮންޓްރޯލްކޮށްފައެވެ.
އަދި ރައްކާތެރިކަމާއެކު ތ. ބުރުންޏަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ލޯންޗުގައި ތިބި 16މީހުން ތ. ބުރުންޏަށް ގެންގޮސްދީފައިވަނީ ބުރުނި ހިޔަލަ ލޯންޗުންކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ