- Advertisement -ad image

ވިލިމާލެއާއި މާލެއާއި ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ވިލިމާލެއާއި މާލެއާއި ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށްޓަކައި ހެލްތް މިނިސްޓްރީގެ ފަރާތުން ދަރުމަވަންތަ ހޮސްޕިޓަލަށް ލޯންޗެއް ހަވާލުކޮށްފިއެވެ.
މިލޯންޗް ހަވާލުކުރުމުގެ އަހުދުނާމާގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ އަބްދުالله ހަލީލުއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް އަބުދުއް ރައްޒާގު ހަލީމެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ ހަލީލް ވިދާޅުވީ ވިލުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އިމަރޖެންސީގައި ބަލިމީހުން އައިޖީއެމްެެޗަށް ގެންދިއުމަށް މިހާރު ހުރި ދަތިކަން އެ ހޮސްޕިޓަލުން ފާހަގަކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދު ހަވާލުކުރެވުނު ސީ އެމްބިއުލާންސް އާއެކު މިކަމަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއާއެކު ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް މިކަމުގެ ފަސޭހަ ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ