- Advertisement -ad image

ޕޯސްޓުން އެތެރެ ކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު އެއްކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 2ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރަމުންދިޔައިރު، އޭގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ޗެކްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ. ކަސްޓަމްސްއިން ބުނީ ބަލާފާސްކުރި ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 1.132 ކިލޯގްރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މިޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި، 20 އަހަރުގެ ދިވެހި ފިރިހެން މީހާ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ