- Advertisement -ad image

ރާއްޖެ ސަރަހައްދުން ދަތުރުކުރި ބޯޓަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓެއް ނުލިބޭ: އެމްއެންޑީއެފް

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެ ސަރަހައްދުން ދަތުރުކުރި ޓޭންކަރުތަކަކަށް ހަމަލާދީފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިކަން ހާމަކުރީ ރާއްޖެ ސަރަހައްދުން ދަތުރުކުރި އިސްރާއީލާއި ގުޅުން އޮތް ދެ ތެޔޮ ޓޭންކަރަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ފަތުރަމުންދާ ހަބަރާއި ގުޅިގެންނެވެ.

އެމްއެންޑީއެފުން ބުނީ މިފަދަ ހާދިސާއެއް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން މިޚަބަރުގައިވާ ބައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖެއާއި ދުރުން ހިނގާފައިވާ ހާދިސާތަކުގެ މަޢުލޫމާތާއި ފޮޓޯކަން އެނގިފައިވާކަމަށެވެ.

އަދި މިފަދަ ކަމެއް ހިންގިކަމުގެ އެއްވެސް އިންޑިކޭޝަނެއް ފެންނަން ނެތުމާއި، މަޢުލޫމާތު ހިއްސާ ކުރާ ސަރަހައްދީ އިދާރާތަކަށްވެސް އެފަދަ ރިޕޯޓެއް ލިބިފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާތީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި އެފަދަ ޙާދިސާއެއް ހިނގިކަމަށް ފަތުރާ ޚަބަރަކީ ޞައްޙަ ޚަބަރެއްނޫންކަމަށް ބެލެވޭ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އަދިވެސް މިކަން އިތުރަށް ބަލަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުންވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ