- Advertisement -ad image

ގޯތި ލިބުނު ފަރާތްތަކުގެ ބިން ހަވާލު ކުރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


މެދުކެނޑިފައި އޮތުމަށްފަހު ބިންވެރިޔާ ސްކީމްގެ ދަށުން ގޯތީގެ ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ފަރާތްތަކަށް ބިން ކަނޑާ ޙަވާލުކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
މި މަސައްކަތް އަލުން ފެށީ ރިޔާސީ އިންތިޚާބާއި ގުޅިގެން ބިން ހަވާލުކުރުން ހުއްޓާލާފައި އޮތުމަށްފަހުގައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ސާލިހުގެ ސަރުކާރުން ބިން ހަވާލުކޮށްފައިވަނީ ބައެއް މީހުންނަށެވެ. އޭގެ ފަހުން މި މަސައްކަތް ވަނީ ހުއްޓިފައެވެ. އަދި ސަރުކާރު ބަދަލުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މި މަޝްރޫއު ދެން ކުރިއަށް ނުގެންދާނެކަމަށް ބުނެ ވާހަކަދައްކާފައެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާފައިވާ ޔަޤީންކަމާ އެއްގޮތަށް ބިންވެރިޔާ ސްކީމުން ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ފަރާތްތަކަށް މިހާރު މިވަނީ އަލުން ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.
ހައުސިން މިނިސްޓްރީ ބުނީ ހޯމަ ދުވަހު އެކަނި 18 ޕުލޮޓް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބިންތައް ސާފުކުރެވޭ ވަރަކުން އެގްރިމަންޓްގައި ސޮއިކޮށްފައިވާ އެންމެންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ