- Advertisement -ad image

ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވާތީ ސަމާލުވުމަށް އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށަހެޅި ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެގޮތުން، ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

ސައްހަނޫން ޔޫއެސް ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެއްވައި، ޑޮލަރު މުއާމަލާތްކުރައްވާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ