- Advertisement -ad image

ހަނޑޫ, ހަކުރު, ފުށް ގެންނަން ތުރުކީއާއެކު އެއްބަސްވުމެއް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް


ހަނޑޫ, ހަކުރު, ފުށަށް އިންޑިއާއަށް ބަރޯސާވުން ނިމުމަކަށް ގެނައުމުގެ ގޮތުން ތުރުކީއާއެކު އެއްބަސްވުމެއް ހަދައިފަވާ ކަން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ޒަރޫރީ ކާބޯތަކެތި, ހަނޑޫ, ހަކުރު, ފުށް އެންމެ ދިމާޔަކަށް ބަރޯސާއެއް ނުވާނެ ކަމަށެވެ. އެހެންކަމުން މިހާރު ވާނީ ތުރުކީއާއެކު އެއްބަސްވުމެއް ހަދާފައި ކަމަށާއި ހަނޑޫ ހަކުރު ފުށް ތުރުކީން މުޅި ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ގެނައުމަށް އެއްބަސްވެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

’ މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި. ފެބުރުވަރީ މަހު އަންނާނެ. ހަނޑޫ، ހަކުރު، ދެންވެސް ހުރި، ފިޔާ، ބިސް، އަދި އަލުވި، މިފަދަ ތަކެތި އެކި ޤައުމުތަކުން މިހާރުވަނީ ހަމަޖެހިފައި. އެ ތަކެތި އަންނާނެ.‘ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ރޯދަމަހު، ފުރަތަމަފަހަރަށް ކޮންމެ ގޭބީސީއަކަށް ހިލޭ، ދިވެހި ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި، 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރާނެ ކަމަށެވެ.
“ އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މި އަންނަ އަހަރު އެއަށްވުރެ އިތުރުވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ، ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް”. ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ