- Advertisement -ad image

މަޖިލީހަށް ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް މަގުތަކުގައި ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ އަދި ނުދޭ: ސިޓީ ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް


20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް މާލޭގެ މަގުތަކުގައި ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ އަދި ނުދޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު ހިރާސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މަޖީދީމަގުގެ ބައެއް ހިސާބުތަކުގައި ދަގަނޑު ހޮޅި ބޭނުންކޮށް ބޮޑެތި ޕޯސްޓަރުތައް ހަރުކޮށްފައިވާތީ ބައެއް ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި މިގޮތަށް ދުވާރުމަތީގައި ހޮޅި ޖަހައިގެން ބަހައްޓާފައިވާ ބައެއް ޕޯސްޓަރުތައް އެ ކައުންސިލަށްވެސް ފާހަގަވެފައިވާ ކަމަށާއި އެފަދަ ބައެއް ފަރާތްތަކަށް ގުޅައިގެން މިތަކެތި ނެގުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
20 ވަނަ މަޖިލީހުގައި ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ޕޯސްޓަރުތައް މަގުތަކުގައި ހަރުކުރަން ސިޓީ ކައުންސިލުން އަދި އެއްވެސް ފަރާތަކަށް ހުއްދައެއް ނުދެއެވެ. ނަމަވެސް މާލޭގެ ބައެއް ދާއިރާތަކުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ބޮޑެތި ޕޯސްޓަރުތައް އެކި ހިސާބުތަކުގައި ހުރިކަން އަޅުގަނޑުމެނަށް ވެސް ވަނީ ފާހަގަވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ