- Advertisement -ad image

ވީއައިއޭގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ބޭނުންކުރަމުންދާ ކާގޯ ޓަރމިނަލަށްވުރެ ދެ ގުނަ ބޮޑު ކާގޯ ޓަރމިނަލެއް ހުޅުވައިފިއެވެ.

ކާގޯ ހޭންޑްލިންގ ހިދުމަތް ދެމުން އަންނަތާ 40 އަހަރު ވެފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އައު ކާގޯ ޓަރމިނަލެއް ތަރައްޤީކުރަން ފެށީ ކާގޯގެ އަދަދު އެތައް ގުނައެއް އިތުރުވެ، ޓަރމިނަލް ކުޑަވެގެން ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ކެޕޭސިޓީގެ ޓަރމިނަލެކެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އައު ކާގޯ ޓަރމިނަލަކީ އެއަރޕޯޓްގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 50000 ޓަނުގެ ކެޕޭސިޓީގެ ކާގޯ ޓާމިނަލާއި އަޅާބަލާއިރު 2 ގުނަ ބޮޑު ޓަރމިނަލަކެވެ.

2018 ވަނަ އަހަރު ފެށި އައު ކާގޯ ޓަރމިނަލްގެ މަސައްކަތް ނިންމާލުމަށްފަހު އެތަން ރަސްމީކޮށް ހުޅުވާފައިވާއިރު، އަލަށް ހުޅުވި ކާގޯ ޓާމިނަލްގައި މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް 3 ބުރީގެ އޮފީސް އިމާރާތެއް ވަނީ ހަދާފައެވެ. މި އޮފީސް ޢިމާރާތުގައި އެއަރލައިން ކާގޯ އަދި ކާގޯ ބްރޯކަރުންނަށް ހާއްސަ 55 އޮފީސް ވަނީ ގާއިމުކޮށްފައެވެ. އާ ކާގޯ ޓާމިނަލާއިއެކު ޓާމިނަލުގެ މަސައްކަތްތަކުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ.

ކުރިން ބޭނުންކުރަމުންދިޔަ ޓާމިނަލުގައި 5 އެކްސްރޭ މެޝިން ހުރިނަމަވެސް އައު ޓާމިނަލުގައި 9 މެޝިން ވަނީ ބަހައްޓާފައެވެ. ކުރީގެ ޓަރމިނަލްގައި 2 އިލެކްޓްރޯނިކް ޕްލެޓްފޯމް ހުރިނަމަވެސް އައު ޓަރމިނަލްގައި 7 އިލެކްޓްރޯނިކް ޕްލެޓްފޯމް ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ