- Advertisement -ad image

މަޖިލިސް އިންތިހާބު: ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ 6 ދުވަސް

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ގާނޫނުން ލިބިދޭ 10 ދުވަހުގެ މުއްދަތު ހަމަވާން ބާކީ އޮތީ 6 ދުވަސްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖެނުއަރީ 21 އަކީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅެނެ އެންމެ ފަހު ތާރީހު ކަމަށެވެ. އެހެންކަމުން ވޯޓާސް ލިސްޓުގައިވާ މައުލޫމާތު ދިމާވޭތޯ އަވަހަށް ޗެކް ކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

އޭގެތެރޭގައި ވޯޓުލާ ފަރާތުގެ ނަން، އެޑްރެސް ، އައިޑެންޓިޓީ ކާޑު ނަންބަރު އަދި ޚާއްޞަކޮށް އެމީހަކު ވޯޓުލާންޖެހޭ ދާއިރާ އޮތީ ރަނގަޅަށްތޯ ޗެކކުރުމަށް ވަރަށް ބޮޑަށް އެދޭކަމަށް ހަބީބްވަނީ ވިދާޅުވެފަ އެވެ. އަދި ވޯޓުލާއިރު ބަލާނީ އައިޑީކާޑަށް ކަމަށާޢި، ގޭގެ ރަޖިސޓްރީ ފަދަ ލިޔެކިޔުންތައް ބަލައެއްނުގަންނާނެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހަމައެހެންމެ، އީސީން މަސްދަރެއްގެ ގޮތުން ބަލާނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ގައިވާ އައިޑެންޓިޓީ ކާޑުގެ މަޢުލޫމާތު ކަމަށާއި، ކަނޑައަޅާފައިވާ މުއްދަތު ގައި ޗެކް ނުކުރެވިއްޖެނަމަ، ބޭނުންވާ ދާއިރާއަށް ވޯޓު ނުލެވިދާނެކަންވެސް ފާހަގަކޮށްފައި ވެއެވެ.

ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައިވާ މައުލޫމާތު ދިމާވޭތޯ ޗެކްކުރުމަށް 1414 އާ ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދާދިފަހުން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ