- Advertisement -ad image

ދެ ހަފުތާތެރޭ ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭ ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ރޭ ގެނެދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މިހާރުވެސް އެކި މާއްދާތަކުގެ ތެރޭގައި ގައުމިއްޔަތުގެ ބަހާތައް ހިމެނޭ ނަމަވެސް ގައުމިއްޔަތަށް ވަކިން މާއްދާއެއް އުފައްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އެކަމަށް ހާއްސަ އިސްކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.

“މިފަދަ ބޮޑު މަސައްކަތަކީ އެ މަސައްކަތެއް އެކުލަވާލައި، ޕައިލެޓުކޮށް، އެ ޕައިލެޓުގެ ނަތީޖާއަށް ބާލާފައި އަޅުގަނޑުމެން ރަސްމީކޮށް ކަރިކިއުލަމްގެ ތެރެއަށް އެކަން އިންޓަގްރޭޓް ކުރާނީ” މިނިސްޓަރު ވިދާޅުވިއެވެ.

އެ މާއްދާ ކަރިކިއުލަމްގައި ހިމެނުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެހެން މާއްދާތަކުގައި ގައުމިއްޔަތުގެ ބަހާތައް ހުރި މިންވަރާއި ގައުމިއްޔަތުކަމުގެ ސިފަތައް ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ މައްޗަށް ބިނާކޮށް ޕައިލެޓު ޕްރޮގްރާމެއް ފަށާ ވަރަށް ކޮންޓެންޓު ޑިވެލޮޕްވެފައި ވާއިރު، އުންމީދަކީ ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ އެ މަސައްކަތް ފެށުން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޕައިލެޓު ޕްރޮގްރާމު އެންމެ ފުރަތަމަ ފަށާނީ ގްރޭޑު ހަތަރެއްގައި ކަމަށެވެ.

ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ވަކި މާއްދާއެއްގެ ގޮތުގައި “ދިވެހި ގައުމިއްޔަތު” ހިމަނައި، އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވަނީ މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ