- Advertisement -ad image

ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ad image

ގުޅުންހުރި ލިޔުންތައް

 ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށްޓަކައި، ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރި މި އިޢުލާންގައި ވާގޮތުން ޤުރްއާން ކިޔަވާ ފަރާތްތައް ހޮވުމުގައި، ކިޔެވުން އަޑުއެހުމަށްފަހު ދަފްތަރު ކުރަން ވަނީ ހަމަޖެހިފަ އެވެ.

އަދި ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރުމަށްފަހު އެމަރުކަޒަށް ހުށަހެޅުމަށް އެދިފަ އެޤުރުއާޏާ ބެހޭ ޤައުމީ މަރުކަޒުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އިއުލާންގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ މަރުކަޒުން ވަނީ މިއަހަރުގެ ރަމަޟާންމަހަށް ތައްޔާރުވުމުގެގޮތުން ކީރިތި ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ފެށުމާއި މުރާޖަޢާ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފަ އެވެ. 

އެގޮތުން ބަލައިގެން ކިޔެވުމަށް އަހުލުވެރި ކުރުވުމާއި، ހާފިޒުންނަށް އަމާޒުކޮށްގެން މުރާޖަޢާ ކުރުމުގެ ފުރުސަތު ވަނީ އެ މަރުކަޒުން ހުޅުވާލާފަ އެވެ. 

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2024އިން ފެށިގެން 8 އޭޕްރިލް 2024ގެ ނިޔަލަށެވެ. 

ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވަނީ މިކުލާހުގައި ބައިވެރިވުމަށްއެދޭ ފަރާތަކުން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު އެ މަރުކަޒަށް ހުށަހެޅުމަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ