- Advertisement -ad image

“ވަންގަވް” މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭންތައް ހުށަހެޅޭ ގޮތް ހަމަޖައްސައިފި

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

“ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމާއި، ބަދަލުގެނައުމަށް ހުށަހެޅޭ ގޮތަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.

އެ ޚިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ދިލްޝާން އަބްދުﷲ އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް، ޓްރޭޑް ނެޓު މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ހައުސިން މިނިސްޓްރީ ގުޅިގެން އެ ޕްލެޓުފޯމު މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ހުށަހެޅުމަށާއި އެ ޕްލޭނަށް ބަދަލުގެނައުމުގެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ.

މިއީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި އެ ވުޒާރާއާ ގުޅިގެން ކުރި މަސައްކަަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ