- Advertisement -ad image

ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރެވިފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ދިވެހިރާއްޖެގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަށަވަރު ކޮށްދީފިއެވެ.

މިކަން ހާމަކުރައްވާ ހެލްތް މިނިސްޓަރ އަބްދުﷲ ހަލީލް “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއިނއ ހެޕަޓައިޓިސް ބީ ނައްތާލެވިފައިމިވަނީ ވެކްސިން ދޭ ރޭޓް މަތިވުމާއި، އެ ބައްޔަށް ހިންގި ސްކްރީނިން ޕްރޮގްރާމްތަކާއި، ބައްޔަށް ދީފައިވާ ފަރުވާތަކާއި އަދި ބަލި ނުފެތުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއި ހޭލުންތެރކުރުވުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން ކަމަށެވެ.

އަދި އަހަރެމެންގެ ދަރިން ބަލިތަކާއި އެކި ކަހަލަ އިންފެކްޝަންތަކުން ރައްކާތެރިކޮށް އެކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަކީ ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެޕްޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގެންފައިވަނީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ އާއި، މި ފަހުން ހެދި ސާރވޭއާ ގުޅިގެން ކަމަށެވެ. އެ ސާވޭގައި ސްކޫލްތަކުގައި ކިޔަވާ 6 އަހަރާއި 7 އަހަރުގެ ކުދިންގެ ޓެސްޓުތައް ކުރިއިރު އެއްވެސް ކުއްޖަކު ގައިން އިންފެކްޝަން ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ.

މާބަނޑު އަންހެނުން ހެޕަޓައިޓިސް ބީއަށް ސްކްރީން ކުރުމާއި ޕޮޒިޓިވްވާ މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި ޕޮޒޮޓިވެފައިވާ އަންހެނުން ވިހާ ދަރިފުޅު ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ހެޕަޓައިޓިސް ބީ އަކީ އިންސާނާގެ ލިވާއަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އެ ބަލި ޖެހެނީ އެ ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން އެހެންމީހެއްގެ ހަށިގަނޑަށް ބަލީގެ ވައިރަސް، ލޭ ނުވަތަ ހަށިގަނޑުގެ އެހެން ދިޔައެއްގެ ޒަރިއްޔާއިން ވާސިލްވެގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ