އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފައި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޱީރު މިއަދު ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލަަމީ މަރުކަޒުގެ ފުރާޅުގެ ހަލާކުވެ އެތެރެއަށް ވެހޭތީވެ ވިއްސާރަ ދުވަސްތަކުގައި އެތެރޭގެ ގިނަ ތަންތާ ބާލިދީ ބަހައްޓާފަ ހުންނަ ކަމަށެވެ.
އަދި ޓިނުތައް ބަދަލުކުރުމަށް 2 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އިސްލާމީ މަރުކަޒުގައި ޖަހާ ޓިނު ލިބެނީ ބޭރުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް އެތަނުގެ ޓިނުތައް ގެނެސް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރިއަށްދާ ކަމަށް ވަޒީރުގެ އެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.



