- Advertisement -ad image

މަސްތުވާތަކެއްޗާއި، ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ އީމާންކަމުގެ އަޤީދާ ވަރުގަދަކޮށްގެން: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް

އަހަރެމެންގެ މުޖުތަމައު އިސްލާހްކޮށް، މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ އީމާންކަމުގެ އަޤީދާ ވަރުގަދަކޮށް ޢައިބުގައިވާ ހުރިޙާ ކަންތައްތަކަށް ފުރިހަމަަ މާނާގައި އީމާންވެގެންކަމަށް ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގެ މައުޟޫއަކީ “އީމާންކަން ހަރުދަނާ ކުރުން” އެވެ. 

ހުތުބާގައި ވަނީ އީމާންކަމަކީ އިސްލާމްދީނުގެ އަސާސްކަމަށް ބުނެފަ އެވެ. އަދި އިންސާނާއަށް ދުންޔަވީ ޙަޔާތުގެ އުފަލާއި އަރާމު އަދި އުޙްރަވީ ޙަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާ ކޮށްގެންކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި މާއްދިއްޔަތުގެ ތެރެއަށްގޮސް ހުސްވެފައިވާ، މިފަދަ ދުވަސްވަރެއްގައި، އީމާންކަން ބަލިކަށިވެ، ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އަދި އީމާންކަމާއި ގުޅޭގޮތުން އަހަރެމެން މާތް ރަސޫލާ صلى الله عليه وسلم ކުރައްވާފައި ބައެއް ހަދީޘްތައްވެސް މިއަދުގެ ހުތުބާގައި ގެނެސްދީފައި ވެއެވެ. 

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘްކުރައްވާފައި ވެއެވެ. “އަދި ހަމަކަށަވަރުން ފޭރާން ބާވެ، ވީރާނާވާ ފަދައިން، ތިޔަބައިމީހުންގެ ހިތުތެރޭގައި، އީމާންކަމުގެ ނޫރު ފަނޑުވެއެވެ. ފަހު، ތިޔަބައިމީހުންގެ ހިތްތަކުގައި އީމާންކަން ހަރުދަނާކޮށްދެއްވުން އެދި ތިޔަބައިމީހުން ﷲ އަށް ދަންނަވާ ހުށިކަމެވެ.”

ހަގީގީ މާނައިގަ މާތް ﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި، ބާއްޖަވެރިކަމުގެ އިހްސާސް އުފައްދާކަމެއް ކަމަށް ބުނެފަ އެވެ. އަދި މިފަހަކަށް އައިސް ދީނީ ވާޖިބުތައް އަދާކުރަމުންދާއިރު ވެސް ވަރަށް ފަސޭހައިން މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވޭ ވާހަކަ އަޑުއިވޭކަމަށާއި މިއީ އަހަރެމެންނަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު މުސީބާތެއްކަމަށް ހުތުބާގައި ބުނެފައި ވެއެވެ. އަދި މިއީ އީމާންކަން ބަލިކަށިވުމުގެ އަލާމާތެއް ކަމަށްވެސް ހުތުބާގައި ބުނެފައި ވެއެވެ.

އަދި އީމާންކަމަކީ ހިތުގައި ޘާބިތުވެފައިވާ ވަރުގަދަ އަޤީދާއެއް ކަމަށާއި، އެއީ ތެދުކޮށް ކަށަވަރު ކޮށްފައިވާ ކަށަވަރު ކުރުން ކަމަށާއި، އިސްލާމްދީނުގެ ބިންގާ ކަމުގައި ވެފައިވަނީ، މި ދެންނެވި ތެދުކުރުންކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ. 

ހުތުބާގައި ބުނެފައިވާގޮތުން އަދި ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންނަކީ ރަލާއި ނުލައި ނޫޅެވޭ ވަރަށް އެއަށް އާދަވެފައި ތިބި ބައެއް ނަމަވެސް، މާތް ﷲ ރާ ހަރާމް ކުރެއްވިކަން އެންގެވުމުން ވަގުތުން އެބައިމީހުން ރަލާއި ދުރުހެލިވި އެވެ. 

އެދުވަހު މަދީނާގެ މަގުތަކުގައި ރަލުގެ ކޯރުތައް ބެހިގެން ދިޔަކަމަށް ސަރީހް ހަދީޘް ބަސްފުޅުން ސާބިތުވެއެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ