- Advertisement -ad image

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި!

ad image

ގުޅުންހުރި ލިޔުންތައް


މާފަންނު ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނިގޮތުގައި މިއަދު އަލިފާން ރޯވީ މާފަންނު ޕަރުވާނާގޭގަ އެވެ. އަދި ރޯވި އަލިފާންއެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެގޮތުން މާފަންނު ޕަރުވާނާ ގެއިން ދުން އަރާކަމުގެ މަޢުލޫމާތު މިއަދު 14:14 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔުު ސަރވިސްއަށް ލިބުމާއެކު، ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، މ.ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި އަލިފާން ރޯވެފައި ހުރިކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. މި އަލިފާން ވަނީ 14:30 ހާއިރު ނިއްވާލާފައެވެ. 

މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ވަނީ ލިބިފަ އެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ސިފައިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ