- Advertisement -ad image

ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ އެއް ފައި ބުރިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ އާ ދިމާލު ބޭރަށް އޮންނަ ޑައިވިން ޕޮއިންޓަށް މިއަދު ޑައިވިނަށް ދިޔަ މީހަކު ދޯނީގެ ބުރަފަތީގައި ޖެހި އަނިޔާ ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ޙާދިސާ ހިނގާފައިވަނީ އެމީހާ ޑައިވިނަށް ގޮސް މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އަދި މިކަން ސިފައިންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ބުނެފައި ވެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށެވެ. 

އަދި މި ހާދިސާގައި އެ އަންހެން މީހާގެ އެއްފައިގެ ކަކުލުން ތިރި އެއްކޮށް ބުރިވެފައިވާ ކަމަށް ސިފައިން ވަނީ ބުނެފަ އެވެ. މި މީހާއަށް މިހާރުވެސް ދަނީ ޓްރީޓޮޕްގައި ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން އިތުރަށ ްތަހްގީގް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ