- Advertisement -ad image

އައްޑޫ ބްރިޖު އަޅަން މިސްރު ބަޔަކާ ހަވާލުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

އައްޑޫގެ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ހިންގުމަށް މިސްރުގެ ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ބޭނުންވާ ސާވޭ ހިލޭކޮށްދިނުމަށް ސަރުކާރަށް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ “ދަ އަރަބް ކޮންޓްރެކްޓާސް” ކުންފުނިން ކަމަށެވެ. އަދި އެ ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވާތީ މިދިޔަ ހަފްތާގައި ބޭއްވި އިކޮނޮމިކް ކައުންސިލް ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމުގައި ނާޒިމް ވިދާޅުވިއެވެ.

“އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ، އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ، އެކަމުގެ މަސައްކަތް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފައި،” ނާޒިމް ވިދާޅުވި އެވެ.

ހިލޭ ސާވޭކޮށްދޭން އެ ކުންފުނިން ހުށަހަޅާފައިވާއިރު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ހިތަދޫ އާއި ހުޅުމީދު ގުޅާލަދޭ ބްރިޖު އެޅުމުގެ މަސައްކަތަށް ބޭނުންވާ ސާވޭއަށް މި އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ މި ބްރިޖުގެ މަސައްކަތް މި އަހަރުތެރޭ ފެށުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ