- Advertisement -ad image

ސިފައިންގެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ސިފައިންގެ ވަޒީފާއަަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސްއިން ހުޅުވާލައިފި އެވެ.

ޑިފެންސް މިނިސްޓްރީއިން މިއަދު ގެޒެޓްކޮށް ހުޅުވާލި މި އިއުލާންގައި ވަނީ ސިފައިންގޭގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހުންނަށް އެ ފުރުސަތު ހުޅުވާލާކަމަށް ބުނެފަ އެވެ.

މި ވަޒީފާއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި: 

ދިވެހި ރައްޔިތެއް ކަމުގައިވުން.
އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން. (އުމުރު ފުރާ ބަލާނީ 2024 ފެބުރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށް)
ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހަކު ކަމުގައިވުން.
ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެރެކޯޑެއް އޮތްމީހަކުކަމުގައި ނުވުން.
ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން ހިމެނެ އެވެ.

މީގެއިތުރުން ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަރވިއުތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބަލާނެކަމަށް މި އިއުލާންގައި ބުނެފައި ވެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފޯމު ޑިފެންސް މިނިސްޓްރީގެ (ވެބްސައިޓް: www.defence.gov.mv) އަދި އެމް.އެން.ޑީ.އެފްގެ (ވެބްސައިޓް: www.mndf.gov.mv) ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެކަމަށް ބުނެފައި ވެއެވެ. އަދި ފޯމާއެކު ޕޮލިސް ރެކޯޑުވެސް ހުޅަހެޅުމަށް އިއުލާންގައި ބުނެފައި ވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ވަޒީފާ އަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންލައިންކޮށް އަދި އެމް.އެން.ޑީ.އެފްގެ މަރުކަޒުތަކުގެ އިތުރުން ޑިފެންސް މިނިސްޓްރީންނެވެ.

މި ވަޒީފާގެ އިންޓަވިއުތައް ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އޭގެތެރޭގައި ނޮދަން އޭރިއާ ކޮމާންޑް، ގްރޭޓަރ މާލެ އޭރިއާ ސަރަހައްދު، ސެންޓްރަލް އޭރިއާ ކޮމާންޑް، ސަދަން އޭރިއާ ކޮމާންޑް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ