- Advertisement -ad image

މެޑިކަލް އެމަރޖެންސީގައި ބޭރަށް ފުރާ މީހުންނަށް ވަގުތުން ޕާސްޕޯޓް ލިބޭނެގޮތް ހަދައިފި

ad image

ގުޅުންހުރި ލިޔުންތައް

މެޑިކަލް އެމަޖެެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ގޮތް ހަދައިފި އެވެ.

އިމިގްރޭޝަނުން ބުނީ މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެދުމަށް އަންނަ މީހުންނަށް ހިނދުން ހިނދަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

އަދި އުމުރުން 65 އަހަރުން މަތީ ފަރާތްތަކަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އީމެއިލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓާއި އައިޑީކާޑަށް އެދުމާއި ފައިސާ ދައްކަން ޖެހޭ ގޮތަށް ސަރުކާރުން އެއްކޮށް ބަދަލުކުރީ ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު އާންމުންނަށް ފަސޭހަ ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ